މަޤާމު:
|
ސީނިއަރ ފައިނޭންސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް
|
ކޮންޓްރެކްޓް މުއްދަތު:
|
6 މަސް ދުވަސް
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު
|
އުޖޫރަ
|
މަހަކު15,000.00 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް:
|
ސާރވިސް އެލަވަންސް: 3,064.00 ރުފިޔާ
ފީލްޑް އެލަވަންސް: 4,785.00 ރުފިޔާ
|
މަޤާމުގެ ޝަރުތު:
|
- އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ އެކައުންޓިންގ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮޖެކްޓްގެ ފައިނޭންޝަލް އެމްޕަވަމަންޓް އެންޑް ފެސިލިޓޭޝަން ޙަރަކާތްތަކާގުޅޭ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
- ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެކްޓްގެ ޝަރުތުތަކާ ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުން.
- ޕްރޮޖެކްޓުގެ ފަންޑް ބެލެންސްތަކާއި ހަރަކާތްތައް ނިންމަންޖެހޭ ތާރީޙްތައް ރިވިއުކުރުން.
- ހަރަދުތައް ހިނގަމުންދަނީ އީ.ޔޫގެ ޕޮލިސީތަކާ އެއްގޮތަށްތޯ ބަލާ ވެލިޑޭޓްކުރުން.
- ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
- މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
- ރަނގަޅު ރެކޯޑް ރިޓެންޝަން ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމަށްޓަކާ ގުޅުންހުރި ޕޮލިސީތަކާއި ލިނުންތައް ފަސޭހައިން ލިބޭނެގޮތް އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރެވޭނެ ގޮތް ފެސިލިޓޭޓްކޮށްދިނުން.
- ފަންޑުގެ އިތުރަށް ހިނގާފައިވާ ހަރަދުތަކާ ގުޅޭ ލިޔުންތައް ބަލަހައްޓާ ބެލެންސްކުރުމުގައި އެހީތެރިވެ، ފައިނެންޝަލް ރިޕޯޓުތަކާއި ރިސަރޗް ހަރަކާތްތަކާ ގުޅުންހުރި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.
- ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ އިތުރު އިދާރީ މަސައްކަތްކުރުން އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:24 ޖުލައި 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ނަކަލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
|
އެޕްލިކޭޝަންފޯމް
|
- އެޕްލިކޭޝަންފޯމް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެ
https://tinyurl.com/MNU-Job-Application-form-Dhv
|