ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2024/75
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި:
22 ޖުލައި 2024 20:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ރައްޔިތުންނާއި ބައްދަލު ކުރުން:
ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލްވުން، 2024 ޖުލައި 22 ވާ ހޯމަ ދުވަހުގެރޭ 20:30 ގައި ހއ. އިހަވަންދޫ "ރަށްވެހި ހިޔާ" ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް، ހުށަހެޅުން ވެސް އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި، އިހަވަންދޫ ލޮބުވެތި ރައްޔިތުންނަށް، ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޖުލައި 2024