ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިން ސަރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި އޮފީހުގެ ނަންބަރު IUL)32-A/1/2015/36ފ(14 މޭ 2015) އިޢުލާނާ ގުޅިގެން މި އޮފީހުގައި ބޭނުންކުރަމުންގެންދާ 4 (ހަތަރެއް) ތޮޝިބާ ފޮޓޯކޮޕީމެޝިން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުމުން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދެންނެވީމެވެ.
07 ޝަޢުބާން 1436