ދިވެހިރާއްޖެ
ހއ. މޮޅަދޫ ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޚަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކާއި، ރަސްމީ ލިޔެކިޔުންތަކާއި، ސޯޝަލް މިޑިއާ، އަދި ރަސްމީ އެންމެހައި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބޭނުން ކުރާނެ މަރުކާ އާއި ރަސްމީ ސިއްކަ ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލަމެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮގަސްޓް 25 ވާ އާދިއްތަ ދުވަހު 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށައަޅަން ވާނީ [email protected] އަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2024 ޖުލައި 31 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500031 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.