ބީލަން
ނަންބަރު: (IUL)425-A2/1/2024/221
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 19:12
ސުންގަޑި: 24 ޖުލައި 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއާއި ވިލިމާލޭގެ ބަނދަރުތަކާއި ފަޅުތަކުގެ އެއްގަމުތޮއްޓާއި ކަނޑުތޮށީގައި އުޅަނދުފަހަރުގެ ވައު އައްސާބުޅި ވަޅުލުމާގުޅޭ

          މާލެ އާއި ވިލިމާލޭ ބަނދަރުގެ އެއްގަމުތޮއްޓާއި ކަނޑުތޮށީގައި އުނޅަދު ފަހަރުގެ ވައު އައްސާ ބުޅި، ބައެއް ދިމާއިން ހަލާކުވެފައިވާތީ މިކައުންސިލުން ދައްކާ ތަންތަނުގައި 100 ބުޅި ވަޅުލަން ބޭނުންވެއެވެ.

 

         ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 24 ވާ ބުދަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

        މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ޖުލައި 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

14 ޖުލައި 2024