ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/44
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:22
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ޖުލައި މަހުގެ ބައްދަލުވުން ބޭއްވުން
2024 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުން ބޭއްވުމާއި ބެހޭ:
ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައި މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުން 24 ޖުލައި 2024 ވަނަ ދުވަހުގެރޭ 21:00 ކޮނޑޭ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ކައުންސިލުން ފާއިތުވި 6 މަސްދުވަހުގައި ހިންގި ހަރަކާތްތަކުގެ ތަފްޞީލް ހާމަ ކުރުމާއި، ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނާއި ޙިއްސާކޮށް މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކޮނޑޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
14 ޖުލައި 2024