ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/57
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 01 ޖޫން 2015 14:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
3 މިނީވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަކަށް 3 މިނީވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

3  ޝަޢުބާން 1436

21 މޭ 2015