ދެންނެވުން
ނަންބަރު: (IUL)420-AS/420/2024/44
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:17
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަދިރި ކޮންޓުރޯލް ކުރުމަށް ރަށުތެރެއަށް ފޮގް ޖެހުމާއި ގުޅޭ
އިޢުލާން
މަދިރި ކޮންޓުރޯލް ކުރުމާއި ބެހޭގޮތުން ރަތަފަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 24 ވަނަ ޢާއްމު ޖަލްސާގައި މަޝްވަރާ ކުރުމަށްފަހު ރަށުތެރެއަށް ފޮގްޖެހުމަށް ނިންމާފައިވާތީވެ ފޮގް ޖެހުމުގެ އުސޫލު އަދި ފޮގް ޖެހުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް މި އިޢުލާނާއެކު އާއްމުކުރީމެވެ.
ވީމާ ފޮގްކުރާ ގަޑިތަކުގައި ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުންނާއި، މާބަނޑު މީހުން، އަދި ކުޑަކުދިން ބޭރުގައި ނޫޅުމަށް ކައުންސިލް އިން އިލްތިމާޒް ކުރަމެވެ. ހަމަ އެއާއެކު ފޮގްކުރުމުގެ ސަބަބުން އެއްވެސް ކަހަލަ ސިއްޙީ މައްސަލައެއް އެއްވެސް ފަރާތަކަށް ދިމާވި ކަމުގައިވާނަމަ ކައުންސިލް މެމްބަރ ހުނައިފް އަސްލަމް (7668849) އަށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.
14 ޖުލައި 2024