ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)315-HR/315/2024/86
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 22 ޖުލައި 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސުޕަރވައިޒަރ (ވަގުތީ)

ވޭސްޓް މެނޭޖްމަންޓް ސުޕަރވައިޒަރަކު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ.
 (IUL)315-HR/315/2024/79 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މި ވަޒީފާއަށް ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

ވޭސްޓް މެނޭޖްމަންޓް ސުޕަރވައިޒަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

ސަޕޯޓިންގް އެލަވަންސް

-/1200 ރުފިޔާ (މަހަކު)

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/1085 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.

ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާއި ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ނަގާފައިވާ މުވައްޒަފުންގެ މަސައްކަތްތައް ޤަވާޢިދުން ސްޕަވައިޒްކޮށް ކައުންސިލުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުނިމެނޭޖްކުރުމުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  2. ރަށު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ގޭގޭގައި އުފެދޭ ކުނި ވެހިކަލްގައި ކުނި ކޮށްޓަށް ގެންދިއުން.
  3. ކުނި ނެގުމުގައްޔާއި، ޕިކަޕްގައި ކުރާ ދަތުރުތަކުގައި ޑްރައިވަރަށް އެހީވުމާއި، ޑްރައިވަރު ބަލިވެގެން، ސަލާންބުނުން ފަދަ ހާލަތެއް ދިމާވެގެން ޕިކަޕްގައި ދަތުރުކުރަންޖެހިއްޖެނަމަ އެ ދަތުރުތައް ކުރުން.
  4. ކުނި ގޭގެއިން ނަގާއިރު ކުނި ވަކިކޮށްފައި ހުރިތޯ ކަށަވަރު ކުރުން (ފަތްކުނި، ދަގަނޑު، ޕްލާސްޓިކް، ބިއްލޫރި، ނެޕީ، ދަޅުފުޅި ފަދަ ކުނި)
  5. ރަށުން އުކާލެވޭ ހާއްސަކުނި ސްޕަވައިޒްކޮށް އެކަމުގެ ހިސާބު ބެލެހެއްޓުން.
  6. ކުނީފީ ނުދައްކާ ފަރާތްތަކަށް ހަނދާންކޮށްދީ ނޯޓިސް ފޮނުވުން.
  7. ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން އަމިއްލަ ރައްކާތެރި ކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރު ކުރުން.
  8. ކުނި ކޮށީގައި ކުނި ބެހެއްޓުމަށް އިންތިޒާމްތައް ހަމަޖައްސާ، މުވައްޒަފުން ލައްވާ އެ އިންތިޒާމްތައް ދެމެހެއްޓުން.
  9. ކުނި އަންދާއިރު ވައި ހުރިގޮތަށް ބަލާ (ރަށު ތެރެއަށް ދުން ނުދާނެގޮތަށް) އަލިފާން ރޯކުރުން.
  10. ކުނި އެންދުމަށް އަލިފާން ޖަހާފައިވަނިކޮށް ވައި ބަދަލުވެ ރަށުތެރެއަށް ދުން ދާނަމަ މުވައްޒަފުންގެ އެހީތެރިކަމާއިއެކު، އަލިފާންގަނޑު ނިންވާލުން.
  11. ކުނި ކޮށީގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ތަކެތި ޤަވާޢިދުން ބެލެހެއްޓުން، އަދި ތަކެއްޗަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރުން.
  12. އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތަކުގައި ޙަރަކާތްތެރިވުން.
  13. ޚާއްސަ މުނާސަބާތްތަކާއި، މުބާރާތްތަކާއި، އެހެނިހެން ޙަރަކާތްތަކުގައި ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދިނުން.އަދި އެފަދަ މުނާސަބަތު ތަކުގައި އުފެދޭ ކުނި ކުނިނަގާ މުވައްޒަފުން ލައްވާ ނަގާ ސާފުކުރުވުން
  14. ކައުންސިލުން އެދޭ ކަންކަމުގައި ފުރިހަމައަށް އެއްބާރުލެއްވުމާއި އެހީތެރިކަން ދިނުން.

މަޤާމްގެ ޝަރުޠު

  1. ގްރޭޑް 7 ނިންމާފައިވުން
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  3. ފުލްޓައިމް ވަޒީފާއަދާކުރާ ފަރާތެއްކަމުގައި ނުވުން.
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް( ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ފުރިހަމަ ކޮށްފައިވާ ސިވިސލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި

 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ޖުލައި 2024 އާއި 25 ޖުލައި 2024 އާއި ދެމެދުގައި ކެންދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޖުލައި 2024