ޢާންމު މަޢުލޫމާތު
ނަންބަރު: Q2C-A/2024/14
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 04 އޮގަސްޓް 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 ކޯޓް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ގދ.ހޯނޑެއްދޫއިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރައްވައި މަޢުލޫމާތު ސާފުކުރުމަށްފަހު މިކޯޓަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖުލައި 14 އިން ފެށިގެން 2023 ޖުލައި 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް [email protected] މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ބިޑަށް ރަޖިސްޓްރީކުރައްވާ ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. މުއްދަތު ހަމަވާ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިނުގަނެވޭނެއެވެ. ބިޑް ރަޖިސްޓްރީކުރާ ފޯމް އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިޢިމާރާތް ކުއްޔަށް ހިފުމާގުޅޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޖުލައި 24 ވާ ބުދަ ދުވަހުގެ 11:30 ގައި މިކޯޓުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 2024  އޮގަސްޓް 04 ވަނަ ދުވަހުގެ 13:00 ގައި މިކޯޓުގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6840157 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

14 ޖުލައި 2024