ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިލަދެކުނު ޑްރައިވިންގ ޓްރެކް ނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ހދ.އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ލިބިލައްވާނީ ކަނޑައެޅިފައިވާ މުއްދަތުގައި، ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ލިންކް: https://www.haadhaal.gov.mv/bid-register
ތަފްޞީލް |
ތާރީޚާއި ގަޑި |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
22 ޖުލައި 2024، 13:00 |
ސުވާލެއް ވާނަމަ އީމެއިލް ކުރުމުގެ ސުންގަޑި |
22 ޖުލައި 2024، 13:00 |
އަންދާސީ ހިސާބު ހުށައެޅުން |
24 ޖުލައި 2024، 11:00 |
ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6521704 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.