ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2024/67
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:21
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓިގެ ސެންޓަރ ފޮ މެރިޓައިމް ސްޓަޑީޒްއިން އޮފިސަރ އިންޗާޖް އޮފް ނެވިގޭޝަނަލް ވޮޗް އަދި އޮފިސަރ އިންޗާޖް އޮފް އިންޖިނިއަރިންގ ވޮޗް، ލެސްދޭން 3000GT  އަދި 3000kW ގެ ކޯސް ހެދުމަށްފަހު ސީ.އޯ.ސީ ނަހަދާ ތިބި ފަރާތްތަކުން ސީއޯސީއަށް ބޭނުންވާ ޑޮކިއުމަންޓްތަކާއިއެކު  މިމިނިސްޓްރީގެ ޕޯޓަލްއަށް "eportal.mta.gov.mv" "އެޕްލިކޭޝަން ފޯ ސެޓްފިކެޓް 3 އިން މެރިން އިންޖިނިއަރިންގ" އަދި "އެޕްލިކޭޝަން ފޯ ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަން" ޚިދުމަތް މެދުވެރިކޮށް މިމިނިސްޓްރީއަށް ހުށަހެޅުމުން ކަނޑައަޅާފައިވާ އުސޫލުން އޯރަލް އެގްޒާމްއަށް ނަންނޯޓްކުރެވޭނެއެވެ. އަދި އޯރަލް އެގްޒާމްއިން ފާސްވާ ފަރާތްތަކަށް ސީ.އޯ.ސީ ދޫކުރުމަށް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. 

14 ޖުލައި 2024