ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)342/2024/59
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 18 ޖުލައި 2024 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕޯއިމަންޓް އުސޫލުން މިރަށުގެ މިސްކިތްތަކުގައި 1 އަހަރު ދުވަހަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން

އެއް އަހަރު ދުވަހުގެ މުއްދަތަށް ވޭޖް އެމްޕޯއިމަންޓް އުސޫލުން މިރަށުގެ މިސްކިތްތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:

                     މިރަށު މިސްކިތްތަކުގެ އިމާމުންނާއި ކައުންސިލް އެސިސްޓެންޓުން މިސްކިތަށް ނުނިކުންނަވާ ހާލަތްތަކުގައި ވަގުތީގޮތުން އެ މިސްކިތްތައް ބެލެހެއްޓުމަށް 1 އަހަރު ދުވަހަށް އެކުލަވައިލެވޭ ވޭޖް ޕޫލުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް އިމާމުން، މުދިމުން އަދި ކައުންސިލް އެސިސްޓެންޓުންނަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް

ޝަރުޠު

އުޖޫރަ (ގަޑިއަކަށް)

އިމާމް

މުދިމްކަމުގެ ސަނަދު ނުވަތަ އިމާމު ކަމުގެ ސަނަދު ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

61.00 ރުފިޔާ

މުދިމު

ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއް ކަމުގައިވުން

53.00 ރުފިޔާ

ކައުންސިލް އެސިސްޓެންޓު

ލިޔަންކިޔަން ދަތުމާއެކު މިސްކިތްތައް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން

45.00 ރުފިޔާ

 

ވޭޖް ޕޫލުގައި ރަޖިސްޓަރީ ކުރެވޭނެ ގޮތް:

ކުރިމަތިލާ ފަރާތްތަކުން މަޤާމުތަކަށް ޝަރުޠު ފުރިހަމަވޭތޯ ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭ ތަރުތީބުން ވޭޖް ޕޫލުގައި ރަޖިސްޓަރީކޮށް އެކަން އެފަރާތްތަކަށް އެންގޭނެއެވެ.

މަސައްކަތަށް ނެރެވޭނެ ގޮތް:

އިމާމުންނާއި ކައުންސިލް އެސިސްޓެންޓުން މިސްކިތަށް ނުނިކުންނަވާ ހާލަތްތަކުގައި ވޭޖް ޕޫލް ރަޖިސްޓަރީގައިވާ ތަރުތީބުން އިމާމުން، މުދިމުން އަދި ކައުންސިލް އެސިސްޓެންޓުން މިސްކިތްތަކަށް ނިކުންނަން ދެންނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ސުންގަޑި:

ދާއިރާއާ ގުޅޭ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ދާއިރާއާ ގުޅޭ މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ އާއެކު 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ސިޓީ އަކުން ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއުކުރުން:

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠު ފުރިހަމަވޭތޯ ބެލުމަށް ބާއްވާ އިންޓަވިއު 2024 ޖުލައި 21 އާއި 25 އާ ދެމެދު މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އިންޓަވިއުއަށް ޙާޟިރުވާންވީ ގަޑި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެ އެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ޖުލައި 2024