ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSE-SMT/1/2015/37
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 03 ޖޫން 2015 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް

އެސް. އެސް. 1

މުސާރަ

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

މަޤާމުގެ އަސާސީ ޝަރުޠު

1. ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމގެ ހުނަރު /ގާބިލްކަން ލިބިފައިވުން

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް

1. ސްކޫލުގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން.

2. ސްކޫލުގެ ގޯތިތެރެއާއި، ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3. ސްކޫލުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4. ސްކޫލުގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

5. ކުލާސްރޫމުތަކުގެ ޑެސްކުތައް އަތުރައި ތަރުތީބުކުރުން.

6. ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑިމޭޒު ޖެހުން.

7. ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސްކޫލުން އަންގާގޮތެއްގެމަތިން ކަންތައްތައްކުރުން.

މަޤާމް

އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ރޭންކް

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ

މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވެންސް

މަހަކު -/1،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

މަޤާމުގެ އަސާސީ ޝަރުޠު
  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެސް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

 

 


ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

 

 

 

1. ސްކޫލުގެ ތަޅުދަނޑި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެގުމާއި އެޅުވުން.

2. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު، ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4. މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި، ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.

5. މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި ސާފުކުރުމަށް އޭނާއާ ހަވާލުކުރެވިފައިވާ  ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6. ސްކޫލަށް ހޯދަންޖެހޭ ތަކެތީގެ އަގުބަލަން ދިއުން.

7. ސްކޫލުން ހަވާލުކުރެވޭ ތަކެތި ތަންތަނަށް ގެންދިއުމާއި، ތަންތަނުން ތަކެތި ގެނައުން.

8. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން
އިންޓަވިއުކުރުން
  • މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 ޖޫން 7 އާއި 11 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 ން މެންދުރުފަހު 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓެޑް ކޮޕީ.

3. އެކްރިޑެޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)

6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް ލިޔުމެއް (އުޅެފައިވާ މަޤާމާއި، ރޭންކާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން)

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް 

މި  މަޤާމުތަކަށް  ކުރިލަތިލާން  އެދޭ ފަރާތްތަކުން،  މަތީގައިވާ  ލިޔުންތައް،  2015  ޖޫން  3  ވާ  ބުދަަ  ދުވަހުގެ މެންދުފަހު 14:00 ގެ ކުރިން މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތަކުގެ އިންޓަވިއުއާއި ޕްރެޒްނޓޭޝަނަށް ބެލުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލް ފަރާތަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3321330 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

7 ޝަޢުބާން 1436

25 މޭ 2015