ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272/272/2024/85
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:09
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

 

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުން، މި ޖުލައި މަހުގެ 29 ވާ ހޯމަ ދުވަހުގެ ރޭގަނޑު 08:45 ގައި ޕްރީސްކޫލު ހޯލުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި 2025 ވަނަ އަހަރަށް ކައުންސިލުން ލަފާކުރާ ބަޖެޓާއި 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. އަދި 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރާކަތްތަކުގެ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލުން ކުރަމުންދާ މުޙިއްމު މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން އޮންނާނެ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2024