ނީލަން
ނަންބަރު: (IUL)433-CA/1/2024/1
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 22 ޖުލައި 2024 10:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އިޢުލާން (ނީލަން ކިޔުން)

މި އޮފީހުގައި ހުރި ގިނަ ދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުން

 

މި އޮފީހުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމަށް ކިޔުމަށް ބޭނުންވެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތާއި އިތުރު ތަފްސީލް މި އިއުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ހަމަޖެހިފައިވާ އުސޫލުން ތަކެތި ނައްތާލެވޭނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް  (ހ. ކެލީތިއާގެ 4 ވަނަ ފަންގިފިލާއަށް) ހާޒިރުވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2024