ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-10/INDIV/2015/13
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 31 މޭ 2015 14:00
އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:                                                            

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު

114380

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ތަޢުލީމީ މަރުކަޒު، އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަން

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް.

އަސާސީ ޝަރުޠު

- ލިޔަން ކިޔަން އެނގުން

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

1- ސްކޫލްތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- ދަރިވަރުންގެ ފާޚާނާއާއި މުވައްޒަފުންގެ ފާޚާނާ ސާފުކުރުން.

3- ކްލާސްރޫމް ފަދަ ތަންތަން ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުން.

4- ދަރިވަރުން ސްކޫލުގައި ތިބޭ ވަގުތުތަކުގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިވުން.

5- އިދާރާއިން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި ލިޔެކިޔުން ހަވާލުކުރުން.

6- ޖަލްސާތަކާއި ތަން ތައްޔާރުކުރުމާއި ތަންޒީނަތްތެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން.

7- މުބާރާތްތައް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8- މަރުކަޒުގެ އާބާތުރަފިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެއްބާރުލުން ދިނުން.

9- ސްކޫލުގެ މަޤުޞަދު ހާސިލުކުރުމަށާއި، މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީން، މަސައްކަތުގެ ތަޖުރިބާއާއި މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަރވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަން

2015 ޖޫން 7 ވަނަ ދުވަހު އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އިންޓަވިއު އޮންނާނެ ގަޑި، ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތަކަށް، ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 މޭ 31 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މަތީގައިވާ ލިޔުންތަކާއެކު، އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކުރެވިފައިވާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސް ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާނަމަ، އެ އިދާރާއަކުން އެ މުވައްޒަފު މި ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒް ނުކުރައްވާކަމުގެ ލިޔުން.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

ރ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

ބ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް 6680024 ނަންބަރު ފޯނަށް ނުވަތަ 9901891 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

3 ޝަޢުބާން 1436

21 މޭ 2015