ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2024/127
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 31 ޖުލައި 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުން ހިނގާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ދަތިވާގޮތަށް ހުރި ފަންތަކާއި ގޮފިތައް ކެނޑުމާއިގުޅޭ؛

ގދ.ހޯނޑެއްދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުތައް އަދި ގޯޅިމަގަށް ވާގޮތަށް އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ރުއްގަހުގެ ފަނާއި ގޮފިތަކުގެ ސަބަބުން މަގުން ހިނގާ ފަރާތްތަކަށާއި، މަގުން ދުއްވާ އުޅަނދުތަކަށް ދަތިވެ، އުޅަނދުތަކަށް ގެއްލުން ވަމުންދާކަމުގެ ޝަކުވާ އަންނަނީ މިކައުންސިލަށް ލިބެމުންނެވެ. އަދި މިގޮތަށް ހުންނަ ފަންތަކާއި ގޮފިތަކުގެ ސަބަބުން މަގުމަތީގައި ޖަހާފައިވާ މަގު ބައްތިތަކުން އެންމެ އެކަށީގެންވާ ގޮތަށް އަލިނުވާކަންވެސް ފާހަގަކުރެވެއެވެ.

ވީމާ، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިންދާފައިހުރި ރުއްގަސްތަކުން ގޯތިތަކުގެ އިމުން ބޭރުގައި 10 ފޫޓަށްވުރެ ތިރީގައިހުރި ފަންތަކާއި ގޮފިތައް 2024 ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކޮށައި ސާފުކުރުމަށް ދަންނަވަމެވެ. މިމުއްދަތުގައި މިގޮތަށް ޢަމަލުކޮށްފައި ނުވާނަމަ، އިތުރު އެންގުމަކާއި ނުލައި މިކައުންސިލުން އެތަކެތި ކޮށައި ސާފުކުރާނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް ހުރި ރުއްގަސްތަކުގެ ފަންތަކާއި ގޮފިތަށް ކަނޑައި ސާފުކުރުމުގެ ތެރޭގައި ރުއްގަސްތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

11 ޖުލައި 2024