ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)221-BU/221/2024/22
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 18 ޖުލައި 2024 13:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބާއި ގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ މާއްދާގެ ދަށުން،  ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބު 2024 ޖުލައި 24 ވާ ބުދަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައި، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، 2024 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ 13:30 ން ފެށިގެން، 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

 (ހ) މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ އަންނަނިވި ފަރާތްތަކަށެވެ.

1) ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެ، ހުވައިކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުން

 

 (ށ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

1) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.

2) އިންތިހާބަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.

3) ޕާސްޕޯޓު ސައިޒުގެ ފޮޓޯ، JPEG ފޯމެޓުގައި އެ ފޮޓޯގެ ސޮފްޓް ކޮޕީ.

 

(ނ) މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ 13:30 ން ފެށިގެން، 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި އޮތޯރިޓީގެ [email protected] މެއިލަށެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށެވެ.

 

(ރ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2024 ޖުލައި 24 ވާ ބުދަ ދުވަހުގެ 10:00 އިން 14:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ހަމަ އެދުވަހު އިއުލާނު ކުރެވޭނެއެވެ. ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 27 ވާ ހޮނިހިރު ދުވަހުގައެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މި އިއުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv  އިންވެސް ލިބޭނެ ވާހަކަ ދެންނެވީމެވެ.

                     07 މުޙައްރަމް  1446    

                      

13 ޖުލައި 2024