މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/128
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2015
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 25 މޭ 2015 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

NCR ގްރޭޑް

ބިޑް ސެކިޔުރިޓީ އަދަދު

TES/2015/W-91-

ލޮޓް - 1

ގދ.ތިނަދޫ ބިންހިއްކުމުގެ މަސައްކަތް

HC01-1

-/260,000ރ

TES/2015/W-91-

ލޮޓް - 2

ސ.ފޭދޫ ބިންހިއްކުމާއި ރިވެޓްމަންޓް މަސައްކަތް

HC01-1

-/220,000ރ

TES/2015/W-91-

ލޮޓް - 3

ގދ.ތިނަދޫ ބިންހިއްކުމުގެ މަސައްކަތް

HC01-1

-/110,000ރ

2- މިމިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ މަތީގައި ބަޔާންކޮށްފައިވާ ގްރޭޑްތަކަށް ކޮލިފައިވާ ކޮންޓްރެކްޓަރުންނަށެވެ. ބޭރުގެ ކުންފުނިތަކަށް މިބީލަމުގައި ބައިވެރިވެވޭނީ، އެފަރާތަށް ބީލަން ކާމިޔާބުކުރެވިއްޖެނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ރަޖިސްޓަރީވާންޖެހޭ ގޮތަށެވެ.

3- ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 މޭ 2015 އިން 22 ޖޫން 2015 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް، (ރަމަޟާން މަހު 10:00 އިން 13:00އަށް) މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޓެކްސް ކްލިއަރެންސް ރިޕޯޓް މިބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6- މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 މޭ 25 ވާ ހޯމަ ދުވަހުގެ 13:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

7- ބީލަން ހުޅުވުން އޮންނާނީ 2015 ޖޫން 29 ހޯމަ ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

       މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

       އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

       ފޯން: 3349104    3349106

       ފެކްސް: 3320706    3324432

       އީމެއިލް: [email protected]

       ކޮޕީ: [email protected]

9- މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

07 މޭ 2015