ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ މީދޫ އަވަށުން 12 ބިން ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ މީދޫ އަވަށުގެ ލޭންޑް ޔޫސް ޕްލޭންގައި ލޭންޑް ރިޒާވް ފޯރ ކޮމާޝަލް ޕާރޕަސްގެ ގޮތުގައި ކަނޑައަޅަފައިވާ ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.
# |
ކުލީ ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ކުއްޔަށް ދޫކުރާ ބޭނުން |
K001 |
4000 އަކަފޫޓު |
ކެފޭ، ހޮޓާ ރެސްޓޯރެންޓް ވިޔަފާރިގެ މަސައްކަތަށް |
|
K003 |
2000 އަކަފޫޓު |
ސްވިމިންގ ޕޫލް ހެދުމާއި އެކަމުގެ ޚިދުމަތް ދިނުމަށް |
|
K004 |
2000 އަކަފޫޓު |
||
K005 |
2000 އަކަފޫޓު |
އިންޑޯ ޖިމެއް ހެދުމާއި އެކަމުގެ ޚިދުމަތް ދިނުމަށް |
|
K006 |
2000 އަކަފޫޓު |
ރީޓެއިލް / ހޯލްސޭޓް ވިޔަފާރީގެ މަސައްކަތަށް
|
|
K008 |
2000 އަކަފޫޓު |
||
K009 |
2295 އަކަފޫޓު |
||
K062 |
2000 އަކަފޫޓު |
||
K063 |
2000 އަކަފޫޓު |
ސަރވިސް ސެންޓަރ / ވެހިކަލްތަކުގެ މެއިންޓެނެންސް އަދި ޓިންކަނރިން ފަދަ ކަންކަމަށް ގަރާޖު ހިންގުމުގެ މަސައްކަތަށް |
|
K068 |
2190 އަކަފޫޓު |
ވަޑާންގެ އާއި ވޯރކްޝޮޕް މަސައްކަތްތަކަށް
|
|
K069 |
2190 އަކަފޫޓު |
||
K070 |
2190 އަކަފޫޓު |
ދަނޑުވެރި ކަމާގުޅޭ އުފެއްދުންދުންތައް ވިއްކުމުގެ ވިޔަފާރީގެ މަސައްކަތަށް |
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
# |
ތަފްޞީލް |
ތާރީޚް، މުއްދަތު އަދި ގަޑި: |
ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. |
14 ޖުލައި 2024އިން 25 ޖުލައި 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް |
މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ.
|
14 ޖުލައި 2024އިން 25 ޖުލައި 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް |
ބީލަން ހުށަހެޅުން |
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
|
08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 |
މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
05 މުޙައްރަމް 1446
11 ޖުލައި 2024