ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-MAP/492/2024/123
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:14
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ހއ،ހދ، އަދި ށ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް ހުޅުވާލެވުނު "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމްގެ އެޕްލިކޭޝަން ބަލައިގަތުން މެދުކަނޑާލުން

"ދަނޑުވެރި މަންފާ"ގެ ނަމުގައި ހއ،ހދ، އަދި ށ އަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށްގެން 25 ޖޫން 2024 ގައި ހުޅުވާލެވުނު ގްރާންޓް ޕްރޮގްރާމަށް ލިބިފައިވާ އެޕްލިކޭޝަންގެ ޖުމްލަ އަދަދު 10 މިލިއަން ރުފިޔާ ހަމަވެފައިވުމާއިއެކު، 11 ޖުލައި 2024، މިއަދުން ފެށިގެން އެޕްލިކޭޝަން ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިހާރު ލިބިފައިވާ އެޕްލިކޭޝަންތަކުގެ އިވެލުއޭޝަންތައް ނިމުމަށްފަހު ފަންޑުގައި އިތުރު ފައިސާ ހުރިމިންވަރަކުން އިތުރު ފުރުޞަތައް ހުޅުވާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

05 މުޙައްރަމް 1446

11 ޖުލައި 2024

11 ޖުލައި 2024