ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2024/39
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 21 ޖުލައި 2024 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއާ ޕާލިމެންޓްރީ އެޑިއުކޭޝަން އޮފިސަރ

      ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ސީނިއާ ޕާލިމެންޓްރީ އެޑިއުކޭޝަން އޮފިސަރ

ރޭންކް:

 MS1/B

ސެކްޝަން/ޑިޕާޓްމަންޓް

 ޕާލިމެންޓްރީ އެޑިއުކޭޝަން

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން (ޕޮލިޓިކަލް ސައިންސް ނުވަތަ އެޑިޔުކޭޝަން ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން، ނުވަތަ

 

  •  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި  7 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން،

މަޤާމާއި ގުޅޭ ދާއިރާތައް:

  • އެޑިޔުކޭޝަން
  • ޕޮލިޓިކަލް ސައިންސް

މަޤާމުގެ މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން ހިންގޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސެކްޝަންގެ އަހަރީ ޕްލޭނާ އެއްގޮތަށް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން.
  • ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން  ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގުމަށްޓަކައި ގާނޫނުހަދާ މަޖިލިސްތަކާއި  ސިވިކް އެޑިޔުކޭޝަންއާ ގުޅޭ ކަންތައްތަކާއި ބެހޭ އެންމެ ފަހުގެ އިލްމާއި މަޢުލޫމާތުތައް ހޯދައި އެއްކުރުން.
  • ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގޭ ހަރަކާތްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  • ޕާލިމަންޓަރީ އެޑިޔުކޭޝަން ސެމިނަރ، ވޯކްޝޮޕް. މަސައްކަތު ބައްދަލުވުންތައް، މާދިރީތައް ހިންގުމުގައި ބައިވެރިވުން.     
  • ސްކޫލުތަކުގެ ދަރިވަރުންނާއި، ޒުވާނުންނާއި އަންހެނުން އަދި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައި މަޢުލޫމާތު ދިނުން.
  • ސެކްޝަންގެ ވެބް ޕޭޖް، ދިވެހިބަހުންނާއި އިނގިރޭސިބަހުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަނާއި ހަވާލުވެ ހުންނަ ވެރިއެއްގެ އިރުޝާދާ އެއްގޮތަށް ސެކްޝަންގެ އަހަރީ ބަޖެޓާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.

މުސާރަ:

- މަހަކު 9،500 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުޞޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

21 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ

    

ނޯޓް: މިމަޤާމުގެ މަސައްކަތު ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ ހަމައެކަނި ސިވިކް އެޑިޔުކޭޝަންގެ ދާއިރާއިން ލިބިފައިވާ ޢަމަލީ ތަޖުރިބާއަށެވެ. އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

11 ޖުލައި 2024