މަސައްކަތް
ނަންބަރު: K5C/2015/19
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2015
ޕަބްލިޝްކުރި ގަޑި: 20:02
ސުންގަޑި: 26 މޭ 2015 11:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 17 މޭ 2015 ގައި މިކޯޓުން ކުރި އިޢުލާން ނަންބަރު: K5C/2015/18 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

02 ޝަޢުބާން 1436

20 މޭ 2015