ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2024/80
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:23
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭނުންކުރުމާއިގުޅޭ

ބަނދަރުގައި ވަކިކަންކަމަށް ޒޯންކުރެވިފައިވާ ސަރަހައްދުތަކުގައި އާއްމުންނައް ދަތިވާގޮތައް އުޅަނދު އަޅާފައި ބާއްވާކަން މިއިދާރާއަށްވަނީ ފާހަގަކުރެވިފައެވެ. ކައުންސިލުން ބަނދަރުގެ ޒޯންތައް ކަނޑައަޅައި ވަކިކުރެވިފައިވަނީ އެންމެހައި ފަރާތްތަކަށް ފަސޭހަކަމާއެކު ބަނދަރު ބޭނުންކުރުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުންނެވެ. ނަމަވެސް ބައެއްފަރާތްކަން މިއުސޫލާއި ހިލާފަށް އަމަލުކުރުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ގިނަ ފާރާތްތަކަކަށް މިކަމުގެ އުނދަގޫ ފޯރަމުން ދާކަމުގައި ދަންނަވަމެވެ. ވީމާ، އެންމެހައި ފަރާތްތަކުން ބަނދަރު ބޭނުންކުރުމުގައި ޒޯންތައް ކަނޑައެޅިފައިވާ ގޮތުގެމަތީން ލަފާފުރުމަށް ދަތިނުވާނޭގޮތަށް ބަނދަރު ބޭނުންކުރުމަށް ދެންނެވީމެވެ.

11 ޖުލައި 2024