ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)228-AB/228/2024/2
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 23 ޖުލައި 2024 12:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

މަޤާމު:

ލޯންޗް ޑްރައިވަރ  

މަޤާމުގެ ނަންބަރު:

J-374834

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

-/3875

ސަރވިސް އެލަވަންސް:

-/1000

ސަޕޯރޓިންގ ކޯ އެލަވަންސް

 

-/1200

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް : 1356.25 ރުފިޔާ

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. އަތޮޅުކައުންސިލްގެ އިދާރާގެ ލޯންޗްގައި ކުރަންޖެހޭ އެންމެހައި ދަތުރުތައް، ކަމާބެހޭ ސެކްޝަން / ޔުނިޓުން އަންގާގޮތެއްގެ މަތީން ކުރުމާއި، ކައުންސިލުން އަންގާ ގޮތެއްގެ މަތިން ނޫނު އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގައި މަސައްކަތް ކުރުން.
  4. ލޯންޗާއި، ލޯންޗުގެ އިންޖީނުތައް ސާފުކޮށް ބެލެހެއްޓުމާއި، އިންޖީނުގެ ތެޔޮބަދަލުކުރަންޖެހޭ މުއްދަތުގައި އިންޖީނުތަކުގެ ތެޔޮބަދަލުކުރުން.
  5. ލޯންޗާއި އިންޖީނަށް ދިމާވާ މައްސަލަތައް ޕްރޮޖެކްޓް ޔުނިޓާއި ވާހަކަ ދައްކައިގެން މަރާމާތުކުރުމުގެ މަސައްކަތް ކުރުން.
  6. ލޯންޗް ފަޅުގައި އޮންނައިރު ދުވާލަކު އެއްފަހަރު ފަޅުވެރިންނާއިއެކު ލޯންޗަށްގޮސް ލޯންޗް ސާފުކުރުމާއި، ވާވެލާވެލި ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް ރަނގަޅުކުރަންޖެހޭނަމަ ރަނގަޅުކުރުން.
  7. މަދުވެގެން ހަފްތާއަކު އެއްދުވަހު ފަޅުވެރިންނާއެކު ގޮސް ލޯންޗް އުނގުޅާ ފެހިކަހާ ސާފުކުރުން.
  8. ދަތުރުތައް ކުރުމުގައި ސަލާމަތާއި ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  9. ލޯންޗުގައި ކޮންމެ ދުވަހަކުވެސް ދަތުރުކުރެވޭނޭގޮތަށް ތެލާއި ބޯފެން ފަދަ ދަތުރަށް ބޭނުންވާނޭ ސާމާނުހަމަކޮށް، ކުއްލިހާލަތުގައިވެސް ދަތުރަށް ފުރޭގޮތަށް ލޯންޗް ތައްޔާރުކޮށް ދަތުރުކުރެވޭ ގޮތަށް ބޭއްވުން.
  10. ލޯންޗުގެ ސަލާމަތީ ސެޓްފިކެޓް ގަވާއިދާ އެއްގޮތަށް ކަމާބެހޭ ސެކްޝަން / ޔުނިޓަށް ހުށަހަޅައިގެން މުއްދަތު ހަމަނުވަނީސް ހެއްދުން.
  11. ދަތުރުތަކުގަ އާއި ލޯންޗު އަޅާފައި އޮންނައިރު ލޯންޗު ބެލެހެއްޓުން.
  12. ލޯންޗުގައި ހުންނަ ޖީ.ޕީ.އެސް، ސީ.ބީ ސެޓް، އަލިފާންނިވާފުޅި ފަދަ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. ލޯންޗުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ސަރުކާރުގެ ޤަވާއިދުތަކާއި އެއްގޮތަށް ބެހެއްޓުން. މީގެތެރޭގައި ލޯންޗުގެ ސަލާމަތީ ސެޓްފިކެޓާއި،ފަސިންޖަރުން އުފުލާ ސެޓްފިކެޓްގެ މުއްދަތު ހަމަވޭތޯބެލުމާއި، ލައިފްޖެކެޓް ހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ.
  14. ވިއްސާރަ ވައިގަދަ މޫސުމުގައިވެސް ފަޅުގައި އަޅާފައި އޮންނައިރު ހާއްސަކަމެއް ދީގެން ލޯންޗް ބެލެހެއްޓުން.
  15. އަތޮޅުކައުންސިލްގެ އިދާރާގެފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރާ ސެކްޝަން / ޔުނިޓަކުން އަންގާ ގޮތެއްގެމަތިން ތަންތައްޔާރުކުރުމާއި ސާފުކުރުން.
  16. ސެކްޝަން / ޔުނިޓްތަކުގެ މަސައްކަތްތަކުގައި މުވައްޒަފުން ބޭނުންވާ އެހީތެރިކަން ދިނުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާޞިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް : ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް : ސީ ޓްރާންސްޕޯޓޭޝަން ސާރވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން: %50

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް: %5

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: %5

އިންޓަވިއު: %40

މަޤާމަށް އައްޔަން ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތްތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން،  މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 1 އޮގަސްޓް 2024  އާއި 8 އޮގަސްޓް 2024 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ކަނޑައަޅާ  ތަނެއްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

11 ޖުލައި 2024