މުބާރާތް
ނަންބަރު: (IUL)419-CAA/419/2024/85
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 22 ޖުލައި 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޖުލައި 26 - އަންޑަރ 13 ފުޓްސަލް ކަޕް 2024"

"ޖުލައި 26 - އަންޑަރ 13 ފުޓްސަލް ކަޕް 2024"

ކުރީއަހަރެކޭވެސް އެއްގޮތަށް މި އަހަރުވެސް މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއް " ޖުލައި 26 - އަންޑަރ 13 ފުޓްސަލް ކަޕް 2024" ގެ ނަމުގައި 26 ޖުލައި 2024 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ މި އުމުރުގެ ކުދިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި އާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ. 

އެގޮތުން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. ދެ ޑިވިޝަންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރުން ދަށުގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ގިނަވެގެން 10 ކުޅުންތެރިން އަދި މަދުވެގެން 8 ކުޅުންތެރިން ޓީމު ލިސްޓްގައި ޖަހަންވަނެއެވެ. މި މުބާރާތް ކުރިއަށް ގެންދާނީ ފުޓްސަލް ގަވާއިދަށެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2024 ޖުލައި 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 9120126/7931318 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

11  ޖުލައި 2024 

11 ޖުލައި 2024