ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2024/116
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 19 ޖުލައި 2024 20:30
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާނު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ޖުލައި މަހުގެ 19 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ތުޅާދޫ ސްކޫލް އޭވީ ރޫމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

-          2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު

-           2025 ވަނަ އަހަރުގެ މަސައްކަތު ތާވަލް

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓާއި 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލް  ޢާއްމު ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ޖުލައި 2024