މަސައްކަތް
ނަންބަރު: (IUL)384/384/2024/38
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 16 ޖުލައި 2024 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ފުޓްބޯޅަ ދަނޑު ފެންސް އަދި ވަށާ ފާރު ރޭނުމުގެ މަސައްކަތަށް ބަޔަކު ހޯދުން

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވާމެންޓްގެ ސިޓީ ނަމްބަރު 141-PSIP/384/2023/2 ގައި އަންގަވާފައިވާ ގޮތުގެ މަތިން މިރަށުގެ ފުޓްބޯޅާ ދަނޑުގެ ވަށައިފާރު ރޭނުމާއި ފެންސް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ކުރިން ބިޑް ހުށައެޅުމަށް ރެޖިސްޓާރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެއްވުމަށް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު ރަސްމީ ގަޑީގައި ކައުންސިލް އިދާރާ އަށް ހުށައެޅޭނެ އެވެ. އަދި އޮންލައިންކޮށްވެސް ރެޖިސްޓާރ ކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެލުން އޮންނާނީ 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޑިފުށީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާމާލަމުގައެވެ.

ފޯމް ލިންކް: https://forms.office.com/r/Qc75Q189pz

މި މަސައްކަތަށް ރަޖިސްޓާރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެލުމުގެ ފުރުސަތު ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

11 ޖުލައި 2024