ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/2024/33
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 25 ޖުލައި 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ނެރުމަގާ ދިމާ ސަރަހައްދު ސާފުކުރުމާގުޅޭ

މިރަށު ކުރީގެ ނެރުމަގާ ދިމާލުގައި ގިނަދުވަސްތަކެއް ވަންދެން އޮޑި ދޯނިފަހަރު އެހެލާފައި ހުރުމާއި އެ ސަރަހައްދުގައި ބޭނުންނުކޮށް ބައެއް ތަކެތި ގިނަދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަކަން މިއިދާރާއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ކަންކަމަކީ އެސަރައްހައްދުގެ ރީތިކަންގެއްލި އެ ސަރަހައްދު ގޮނޑުވުމަށް ދިމާވާ ކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، މިގޮތަށް ގިނަދުވަސްތަކެއްވަންދެން އެހެލާ އެސަރަހައްދުގައި ބަހައްޓާފައިވާ އޮޑި ދޯނިފަހަރާއި ގިނަދުވަސްތަކެއްވަންދެން ބޭނުންނުކޮށް އެސަރަހައްދުގައި ބެހެއްޓިފައިވާ އެހެނިހެން ތަކެތި 25 ޖުލައި 2024ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެސަރަހައްދުން ނަގައި އެސަރަހައްދު ސާފުކުރުމަށް މިފަދަ ތަކެތީގެ ވެރިންނަށް އަންގަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

11 ޖުލައި 2024