މަސައްކަތް
ނަންބަރު: 116-FB2/IL/2024/90
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 16 ޖުލައި 2024 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހިޔާ އިމާރާތެއް ސާރވޭކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހިޔާ އިމާރާތެއް ސާރވޭކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނިން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެން ހަދާފައިވާ 2 ހިޔާ އިމާރާތް ("އެއިރޯ ރެސިޑެންސް") ސާރވޭކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، އިމާރާތުގެ ޑިޒައިނިންގައި ހުރި މައްސަލަތަކާއި ހަލާކުވެފައި ހުރިތަންތަން ފާހަގަކޮށް ލަފާދިނުންްފަދަ މަސައްކަތްތައް ހިމެނެއެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖުލައި 16 ވާ އަންގާރަދުވަހުގެ ހެދުނު 10:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

   މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މިފަދަ މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށްވާންވާނެއެވެ.

   ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 ޖުލައި 18 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30 ގައި އޮންނާނެއެވެ. 

   "ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖުލައި 24 ވާ ބުދަދުވަހުގެ ހެދުނު 10:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 24 ވާ ބުަދަދުވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

 

11 ޖުލައި 2024