ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)311/INDIV/2015/49
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:17
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާ ބެހޭ

މިއިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާ ބެހޭ

މިއިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 2 ކޮމްޕިއުޓަރ ސިސްޓަމް
  • 1 ލެމިނޭޓް މެޝިން
  • 2 ފައިލިން ކެބިނެޓް
  • 2 ލައުޑްސްޕީކަރ
  • 1 ސޯފާސެޓް
  • 1 ފިންގަރޕްރިންޓް ޑިވައިސް

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 26 މޭ 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. އަދި ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 31 މޭ 2015 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތަކަށް މާކްސް ދެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.

  • އަގަށް: %80
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް: % 10
  • ވޮރެންޓީއަށް % 10

03 ޝަޢުބާން 1436

21 މޭ 2015