ބީލަން
ނަންބަރު: (IUL)408-CA/408/2024/34
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 28 ޖުލައި 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް ބިމެއް ކުއްޔަށް ދޫކުރުން

                  މި ރަށުގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)408-CA/408/2024/32 އިޢުލާނުގައި ދެވިފައިވާ ބައެއް މަޢުލޫމާތު އިސްލާޙު ކުރުމަށްޓަކައި އެ އިޢުލާން ބާޠިލުކުރުމަށްފަހު އެ ބިން ކުއްޔަށް ދިނުމަށް އަލުން އިޢުލާން ކުރަމެވެ.

                  ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2024 ޖުލައި 28 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ -/2,000ރ (ދެހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް ލިބިވަޑައިގަންނަވާނީ 2024 ޖުލައި 10 ވާ ބުދަ ދުވަހުން ފެށިގެން 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.

                  މި އިދާރާގެ ނަންބަރު : (IUL)408-ESMS/408/2023/45  އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅުއްވި ފަރާތްތަކަށް ބީލަން ކަރުދާސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ކަރުދާސް ވިއްކުން

10 ޖުލައި 2024 އިން 18 ޖުލައި 2024 އަށް

ބީލަން ހުޅުވުން

2024 ޖުލައި 28 ވަނަ ދުވަހުގެ 13:00 ގައި ގއ. މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

                  މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްޙާޒިރުގައެވެ.

                  މިކަމަށް ދޫކުރާ ބިން އެގޭނެ ޗާޓެއް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖުލައި 2024