މަޤާމު:
|
އެސިސްޓަންޓް ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރާ އޮފީސް:
|
އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ސެކްރިޓޭރިއަޓް
|
ގްރޭޑް:
|
6
|
ސްޕައިން:
|
32
|
އަސާސީ މުސާރަ:
|
މަހަކު 9,124.50 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު 3,910.50 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތުތައް:
|
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓަކަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުން އުފައްދާ އިސް ކޮމިޓީތަކުގެ ކޯޕަރޭޓް ސެކްރެޓެރޭއިޓްގެ ގޮތުގައި ޙަރަކާތްތެރިވުމާއި، ކޮމިޓީތަކުގެ ބައްދަލުވުންތައް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުމާއި، މި ކޮމިޓީތަކުގެ ލިޔެކިޔުން ބެލެހެއްޓުން އަދި ކޮމިޓީތަކުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ޔުނިވަރސިޓީގެ އިސް ކޮމިޓީތަކުގެ މަސައްކަތް ވިލަރެސްކޮށް، އެމަސައްކަތްތައް ފަހިކޮށްދީ، މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.
- ޔުނިވަރސިޓީ ކައުންސިލާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުތައް އިންތިޒާމުކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ އިސް ކޮމިޓީތަކާއި ޔުނިވަރސިޓީ ހިންގުމާބެހޭ ފަރާތްތަކާ ދެމެދު ޕްރޮފެޝަނަލް ގުޅުންތައް ޕްރޮމޯޓްކުރުން.
- ޗާންސެލަރުގެ އޮފީހުގެ ޕްރޮޓޮކޯލާއި އިދާރީ ކަންކަން ބެލެހެއްޓުމާއި ޗާންސެލަރގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން އަދި އެކިއެކި ފަރާތްތަކާއެކު ބާއްވާ ރަސްމީ ބައްދަލުވުންތައް އިންތިޒާމުކުރުމާއި މިފަދަ ބައްދަލުވުންތަކުގެ ލިޔެކިޔުން ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ގެޒެޓް ތައްޔާރުކޮށް ޝާއިޢުކުރުން.
- ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޔުނިވަރސިޓީން ދަޢުވާކުރާ އަދި ޔުނިވަރސިޓީއަށް ދަޢުވާލިބޭ މައްސަލަތަކާއި އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމާއި މައްސަލަތަކާ ގުޅިގެންކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމަށް ޑިރެކްޓަރާއި ގުޅިގެން މަސައްކަތްކުރުން.
- ބަޖެޓް ތައްޔާރުކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވުން.
- ސެކްރެޓޭރިއަޓުގެ މުވައްޒަފުން ސުޕަވައިޒްކޮށް، މެންޓަރކޮށް، ސަޕޯޓް ދިނުމުގާ އެހީތެރިވެދިނުން.
- ސަލާމުބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2024 ޖުލައި 17 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2024-134
|
ސަމާލުކަމަށް:
|
- މި މަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކެވެ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ.
- ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
|