މަޤާމު:
|
ލީގަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
މުސާރަ:
|
މަހަކު 12,687.50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437.50 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 4,440.63 ރުފިޔާ
|
ޓެކްނިކަލް އެލަވަންސް:
|
މަހަކު 6,546.25 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް (ކޮންސަލްޓެންސީ)
|
ކޮންޓްރެކްޓްގެ މުއްދަތު:
|
1 އަހަރު
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލްކުރުމަށް ފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށް ފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
- ވަކާލާތު ކުރުމުގެ ލައިސަސް ލިބިފައިވުން.
|
މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޔުނިވަރސިޓީގެ އެންމެހާ މަސައްކަތްތަކާއި ގުޅިގެން ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ ކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- ޔުނިވަރސިޓީގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން ވައިސް ޗާންސެލަރއަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- ޔުނިވަރސިޓީގެ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއިއެކު ސޮއިކުރާ އެއްބަސްވުންތަކާއި ފަހުމްނާމާތައް ޑްރާފްކުރުމާއި އެ އެއްބަސްވުންތަކާއި ގުޅޭގޮތުން ދޭންޖެހޭ ޤާނޫނީލަފާ ދިނުން.
- ޔުނިވަރސިޓީގެ ޤާނޫނުތަކާއި ޤާވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.
- ޔުނިވަރސިޓީގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން.
- ޔުނިވަރސިޓީގެ މައްޗަށް ކޯޓުތަކުގައި ހިނގާ ދައުވާތަކާއި ގުޅިގެން ޔުނިވަރސިޓީގެ ފަރާތުން ދޭންޖެހޭ ޖަވާބާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި ޔުނިވަރސިޓީ ތަމްސީލްކުރުން.
- ޔުނިވަރސިޓީގެ މައްޗަށް ދައުވާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ގޮތުން ޔުނިވަރސިޓީގެ ފަރާތުން ދޭންޖެހޭ ޖަވާބާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި ޔުނިވަރސިޓީ ތަމްސީލްކުރުން.
- ޔުނިވަރސިޓީގެ މަސައްކަތްތައް ހިނގަނީ ޤާނޫނާތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކަމެއް ހިނގާނަމަ އެކަމުގައި ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
- ޔުނިވަރސިޓީން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ޑްރާފްކޮށް ޔުނިވަރސިޓީން ހިންގައި ބަލަހައްޓާ ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި ކުރަންޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ކުރުން.
- ޔުނިވަރސިޓީއިން އެކުލަވާލަންޖެހޭ ޤާނޫނީ ލިޔުންތައް އެކުލަވާލުން.
- ޔުނިވަރސިޓީއާއި، ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތައް ތަރުޖަމާކުރުމާއި، ޔުނިވަރސިޓީން ބޭނުންވާ އެހެން ލިޔުންތައް ދިވެހިބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމާއި، އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރުން.
- ޔުނިވަރސިޓީން ހިންގާ ޕްރޮޖެކްޓްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމާއި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
- ޔުނިވަރސިޓީގައި އަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.
- މިނޫނަސް ޔުނިވަރސިޓީގެ ބިންބިމާއި، ޔުނިވަރސިޓީއާއި ގުޅޭ އެންމެހާ ކަންކަމުގައި ޤާނޫނީ ލަފާ ދިނުމާއި ކޯޓުތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމާއި، ޔުނިވަރސިޓީގެ މުވައްޒަފުންގެ ގޮތުގައި ތަހްޤީގްތަކަށް ހާޒިރުކުރުވާއިރު ލީގަލް ރެޕްރަޒެންޓޭޝަން ދިނުމާއި، މިދާއިރާއިން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން އަދި މިފަދަ ކަންކަމުގައި ޤާނޫނީ އެހީތެރިކަން ދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2024 ޖުލައި 17 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2024-133
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. ސީވީގައި ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|