ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު 269/269/2024/17(IUL) (05 ފެބްރުއަރީ 2024) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް މިހާރުވަނީ ދަނޑުބިން އެކަށައަޅާ ނިމިފައެވެ. އެހެންކަމުން ދަނޑުބިމުގެ އެއްބަސްވުން ހެދުމުގެ ކުރިން ދަނޑުބިން އެއްދަނޑު އަނެއްދަނޑާ ބަދަލުކުރުމަށް ބޭނުންވެ ލައްވާ ފަރާތްތަކަށް އެކަމަށް އެދުމުގެ އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އެއްދަނޑު އަނެއްދަނޑާ ބަދަލުކުރަށްވަން ބޭނުންވެލައްވާ ފަރާތްތަކުން 2024 ޖުލައި 25 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ދަނޑު ބަދަލުކުރުމުގެ ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ދަނޑުބިން ބަދަލުކުރުމަށް އެދިލައްވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ "ދަނޑުބިން ބަދަލުކުރުމަށް އެދޭ ފޯމް" އިންނެވެ. ފޯމް ރަސްމީމަސައްކަތު ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/5ރ (ފަސްރުފިޔާ) އެވެ.
މި އިޢުލާނާއިއެކު ދަނޑުބިން އެކަށައެޅިފައިވާގޮތުގެ ޗާޓާއި ލިސްޓް އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.