ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FCD/2015/13
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 01 އޮކްޓޫބަރު 2015 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކުޑަކުދިންނާއި މައިންނަށް ޚާއްޞަ ކާބޯތަކެތި އެތެރެކުރުމާ ބެހޭ

އިޢުލާން

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުން ތިން އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ ކިރުގެ ބާވަތްތަކާއި، އެއް އަހަރުން ދަށުގެ ކުދިންނާއި، މާބަނޑު އަންހެނުންނާއި ކިރުދޭ މައިންނަށް ޚާއްޞަ ކާބޯތަކެތީގެ ބާވަތްތައް އަދި ބުއްފުޅިއާއި ތުން މި އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. ވީމާ، 01 އޮކްޓޫބަރު 2015 ގެ ކުރިން މި ތަކެތި ރަޖިސްޓަރީކުރުމަށް މިފަދަ ތަކެތި އުފައްދާ، އެތެެރެކުރާ އަދި ވިއްކާ ފަރާތްތަކަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014305 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޝަޢުބާން 1436 ހ.

19 މޭ 2015