ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/30/2015/8
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:07
ސުންގަޑި: 04 ޖޫން 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެންދޭ ނިޒާމް ޤާއިމުކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ފެންދޭ ނިޒާމް ޤާއިމުކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަމުގައި ޒަމާނާ އެއްގޮތަށް ބޭނުން ކުރާ ފެންދޭ ނިޒާމް ޤާއިމުކޮށް އެކަމާ ގުޅޭ މަޢުލޫމާތުދީ އެކަމަށް އެކަށީގެންވާ ރަށެއްގައި މިމިނިސްޓްރީގެ ފަރާތުން ޕްރޮގްރާމެއް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް އެރަށެއްގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އަދި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމުގެ ދަށުން ފެންދޭ ނިޒާމް ޤާއިމު ކޮށްދެވޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތުން ކަނޑައަޅާ 10 ދަނޑުވެރިއެއްގެ ދަނޑުގައެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށެއް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • ދަނޑުވެރިކަން ފުޅާ ކުރުމަށް ބިން ލިބެން ހުރި މިންވަރު
  • ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމް ޤާއިމުވެފައި ހުރި މިންވަރު
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
  • ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ޤާބިލުކަން ދައްކައިދީފައިވާ މިންވަރު.
  • ރަށުގެ ދަނޑުބިންތައް ކައުންސިލުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތް
  • ދަނޑު ބިމުގައި މިހާރު ފެންދޭ ނިޒާމު ޤާއިމުވެފައި ހުރި މިންވަރު

ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު

ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ ނަން

ރާއްޖޭގައި ވިޔަފާރި އަށް ހައްދާ ބަވަތްތައް އިންދާ ހެއްދުމުގައި އިސްރާފު ކުޑަ ވަގުތު ސަލާމަތްކުރެވޭ ގޮތަކަށް ފެންދިނުމުގެ ނިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައިވާތީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ދަނޑުތަކަށް ފަސޭހައިން ފެންދެވޭނެ ނިޒާމެއް ޤާއިމުކޮށް އެކަމާ ގުޅޭ މަޢުލޫމާތު ދިނުން.

އިރިގޭޝަން (ފެން ދޭ ނިޒާމް) 

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަންފޯމް ކައުންސިލުގެ ސިޓީއަކާ އެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

www.fishagri.gov.mv  ހިދުމަތަށް އެދޭ ފޯމު/ ދަނޑުވެރިކަމާ ބެހޭދާއިރާ

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 04 ޖޫން 2015 ގެ 15:00

14 މޭ 2015