ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-AD-BD/227/2024/28
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 08 އޮގަސްޓް 2024 14:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

އިޢުލާން

ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

 

ށ.އަތޮޅުގެ ރަށްރަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ ހިންގާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. މާލީ އެހީ ދޫކުރެވޭނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމަޢު ބާރުވެރިކުރުމަށާއި، އިޖުތިމާޢީ ތަރައްޤީއަށް އަދި އިޖުތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.

"މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެހީދިނުމުގެ ގަވާއިދު" އާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި ޕްރޮޕޯސަލް އިވެލުއޭޝަން ކްރައިޓީރިއާ މި އިއުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ.

ގްރާންޓްގެ ނަން:

ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުން

އެހީގެ ފައިސާދެވޭ މިންވަރު: 

ޕްރޮޕޯސަލް ހުށައަޅާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ތެރެއިން އަތޮޅުން ހޮވާލެވޭ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާ 3  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކަށް 50,000/- (ފަންސާސް ހާސް) ރުފިޔާއެވެ.

 ސުންގަޑި:

 2024 އޮގަސްޓް 8ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގޮތް:

 ޕްރޮޕޯސަލްތައް ހުށައެޅުމަށް މިކައުންސިލްގެ [email protected]  މެއިލްއަށް ޕްރޮޕޯސަލްއާއި ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކިޔުންތައް މެއިލްކުރަންވާނެއެވެ.

ނޯޓް: ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން މެއިލް ލިބުނު ކަމަށް ރަސްމީ 1 ދުވަސްތެރޭގައި ޖަވާބު ނުލިބޭނަމަ 6540430 އަށް ގުޅުއްވާ ޕްރޮޕޯސަލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.

ޕްރޮޕޯސަލްގައި މަދުވެގެން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ މަޢުލޫމާތު
  2. ހިންގުމަށް ރާވާ ޕްރޮގްރާމް މަޢުލޫމާތު (ނަން، އަމާޒުކުރެވޭ ދާއިރާ/ތައް، އަމާޒުކުރެވޭ ފަރާތްތައް)
  3. ޕްރޮގްރާމް މަޤްޞަދު
  4. ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތާއި، ތަނާއި، ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުއްދަތު
  5. ލަފާކުރާ އަންދާސީ ޚަރަދު )ޚަރަދުގައި އަތޮޅު ކައުންސިލް ފިޔަވައި އެހެން ފަރާތަކުން ހިއްސާވާނަމަ އެފަރާތެއްގެ މަޢުލޫމާތާއި އެފަރާތަކުން ހިއްސާވާނެ މިންވަރު(
  6. އެހެން ފަރާތަކުން/ފަރާތްތަކަކުން ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާނަމަ އެފަރާތެއްގެ މަޢުލޫމާތާއި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޝާމިލްވާނެ މިންވަރު
  7. ކޮމެޓީގެ ފަރާތުން ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާނެ ފަރާތުގެ މަޢުލޫމާތު (ނަން، ގުޅޭނެ ނަންބަރު، އީމެއިލް)

ނޯޓް:

  • އަތޮޅު ކައުންސިލްގެ މާލީ އެހީގައި އެއް ޕްރޮގްރާމަށްވުރެ ގިނަ ޕްރޮގްރާމް ހިންގަން ހުށައަޅާނަމަ ކޮންމެ ޕްރޮގްރާމަކަށް ވަކިން ޕްރޮޕޯސަލް ހުށައަޅަންވާނެއެވެ.
  • ޕްރޮޕޯސަލްއާއިއެކު ފޮނުއްވާ ކަވަރ ސިޓީގައި މާލީއެހީ ޖަމާކުރަންވީ އެކައުންޓްގެ މަޢުލޫމާތު ( ނަން، އެކައުންޓް ނަންބަރު) ހިމަނަންވާނެއެވެ.
10 ޖުލައި 2024