ދިވެހިރާއްޖެ
ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު
ސަރުކާރުން ކަނޑައަޅާފައިވާ "ކޮންމެ ރަށަކުން ދަނޑުވެރި އުފެއްދުމެއް ބާޒާރަށް ތަޢާރަފުކުރުން" ސިޔާސަތުގެ ދަށުން ހިކިމިރުސް އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުތެރޭ ރާއްޖޭގެ 1 ރަށެއްގައި ވިޔަފާރި އުސޫލުން މިރުސް ހިއްކާ ބަންދުކޮށް، މި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ގައި ބައިވެރިވުމަށް އެދި އަތޮޅު/ ރަށު ކައުންސިލްތަކުން، ކޯޕަރޭޓިވް ސޮސައިޓީތަކުން އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން މިމިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގުމުގައި އިސްކަން ދޭނީ ތިރީގައި މިދަންނަވާ ކަންތައްތަކަގެ މައްޗަށް އެކުލެވޭ އިވެލުއޭޝަނަކަށް ފަހުގައެވެ.
- މިރުސް ހިއްކުމަށްޓަކައި އަށިއެޅުމަށް ގާތް ގަޑަކަށް އެންމެ މަދުވެގެން 50x50 ބިމެއް އޮތުން. (ދުވާލުގެ ގިނަ ވަގުތު އިރުގެ އަލިކަން ލިބޭ ބިމަކަށް ވުން)
- ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު
- ރަށުން މިރުސް ލިބެންހުރި މިންވަރު
- ގާއިމްކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
- މިމަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ
ސުންގަޑި: މިޕްރާގްރާމްއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާނީ28 މޭ 2015 ގެ 15:00، ޕްރިންޓް ނުވަތަ ސޮފްޓްކޮޕީއިން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ވެލާނާގެ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ ފޯން: 3322625 (960) ފެކްސް: 3326558 (960) އީމެއިލް: [email protected] |
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339219، 3339216 އަށް ގުޅުއްވުން އެދެމެވެ. "ހިކި މިރުސް އުފެއްދުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމު" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ. |
އިތުރު މަޢުލޫމާތު: |