ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2024/46
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 09 ޖަނަވަރީ 2025 00:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކ. ކާށިދޫއިން ދޫކުރެވި، މިހާތަނަށް ސާފުނުކޮށް އަދި ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާ ގުޅޭ

މިރަށުން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތަކެއްގެ މަގުފަޅި ސާފު ނުކޮށް އިންފާރު ނުރާނައި ވަރަށް ބޮޑަށް ވައުވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ ގޯތިތައް ހުރި ސަރަހައްދުތަކުގައި ދިރިއުޅޭ އެހެނިހެން ފަރާތްތަކުންނާއި، އަދި އަލަށް ގޯއްޗަށް ދާންބޭނުންވާ ފަރާތްތަކަށް ވެސް މި ގޯތިތަކުގެ ސަބަބުން އުނދަގޫވެގެން މި ކަމުގެ ޝަކުވާ މި އިދާރާއަށް ކެނޑިނޭޅި ކުރަމުން ގެންދެއެވެ. ވުމާއެކު މިއަދުންފެށިގެން 06 މަސްދުވަސް ތެރޭގައި މިހެން ހުރި ގޯތިތަކުގެ ވިނަ ނޮޅައި ސާފުކޮށް އިންފާރު ރޭނުމާއި، އިންފާރު ރާނާފައިވާ ގޯތިތަކުގެ ވަށައިގެންވާ މަގުތައް ސާފުކުރުމަށް، މިފަދަ ގޯތިތައް ހަވާލުކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި ނަންބަރު 2002/1، ދިވެހިރާއްޖޭގެ (ބިމާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ފަދައިން، ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީޚުން ފެށިގެން 05 އަހަރުދުވަހުގެ ތެރޭގައި، އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން، އެ ގޯއްޗެއް ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ވީމާ މަތީގައި ދެންނެވިފައިވާ ގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމާއެކު އެފަރާތެއްގެ ކިބައިން ގޯތި ވަކިކުރުމުގެ މަސައްކަތް މިއިދާރާއިން ކުރަމުން ގެންދާނެ ވާހަކަ އާންމުކޮށް އަންގައި އިއުލާން ކުރީމެއެވެ.

09 ޖުލައި 2024