ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/43
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:35
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެތަކާއި، ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފު ކުރުމާއި ބެހޭ:

ގެތަކާއި، ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފު ކުރުމާއި ބެހޭ:

ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ނަންބަރު 2019/R-26 " މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ" އާއި ޚިލާފަށް ރަށުގެ ވަރަށް ގިނަ އަދަދެއްގެ ގެތަކާއި، ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، ނަންބަރު 2019/R-26 " މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ"ގެ (3) ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޤަވާއިދުން ގެތަކާއި، ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސް ކުރަމެވެ. އަދި މިގޮތުގެ މަތިން ޤަވާއިދުން ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ ނަންބަރު 2019/R-26 " މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ"ގެ (6) ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ނުވަތަ ގޯތީގެ ވެރިފަރާތާއި މެދު ފިޔަވަޅު އެޅުމުގެ އިތުރުން މިއިދާރާގެ ނަންބަރު 412/412/2024/3 އިޢުލާނުގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެކަން އަންގައި އިޢުލާން ކުރީމެވެ.

މިއިޢުލާނާއެކު މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު ކޮޕީ އެއްއުރަ ކުރެވިފައިވާނެއެވެ.

10 ޖުލައި 2024