ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/30/2015/6
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 28 މޭ 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބަކަރިގެންގުޅުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ބަކަރިގެންގުޅުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދާ، ކާނާގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ ކާނާގެ ޔާގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުތެރޭ ރާއްޖޭގެ 1 ރަށެއްގައި ވިޔަފާރި އުސޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށިތައް ޤާއިމުކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާއިގުޅޭ ފަންނީ މަޢުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހިންގައިދިނުމަށް އެދި އަތޮޅު/ރަށު ކައުންސިލްތަކުން، ކޯޕަރޭޓިވް ސޮސައިޓީތަކުން އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން މިމިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ޕްރޮގްރާމްތައް ހިންގައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގުމުގައި އިސްކަން ދޭނީ ތިރީގައި މިދަންނަވާ ކަންތައްތަކަގެ މައްޗަށް އެކުލެވޭ އިވެލުއޭޝަނަކަށް ފަހުގައެވެ.

  • ކޮށި ޤާއިމު ކުރުމަށްޓަކައި މީހުން އުޅޭ ހިސާބާ ގާތްގަނޑަކަށް 100 މީޓަރު ދުރުން އެކަށީގެންވާ ވަރުގެ ބިމެއް އޮތުން.

(މިބިމަކީ ކޮންމެވެސް މިންވަރަކަށް ދިވެހިރުއް ހުންނަ ބިމަކަށް ވާންވާނެ އަދި ބަކަރިއަށް ކާންބޭނުންވާ ފަތްޕިލާވެލި އުފައްދޭނެ ފަދަ ބިމަކަށް ވާންވާނެއެވެ.)

  • ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވްތައް ލިބެން ހުރި މިންވަރު.
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު
  • ޤާއިމުކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.
  • މިމަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ.

ސުންގަޑި: މިޕްރާގްރާމްއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "ބަކަރި ގެންގުޅުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ހުށަހަޅުއްވާނީ 28 މޭ 2015 ގެ 15:00،ޕްރިންޓް ނުވަތަ ސޮފްޓްކޮޕީއިން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ވެލާނާގެ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

ފޯން: 3322625 (960) ފެކްސް: 3326558 (960)

އީމެއިލް: [email protected]

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

"ބަކަރިގެންގުޅުމުގެ ޕްރޮގްރާމްއަށް އެދޭ ފޯމު" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

އިތުރު މަޢުލޫމާތު:

18 މޭ 2015