ދިވެހިރާއްޖެ
ތަޢާރަފް |
1. |
(ހ) |
މިއީ ގަވާއިދު ނަންބަރ 2013/R-2066 މަގުމަތި ކުނިކެހުމާބެހޭ ގަވާއިދުގެ 7 (ހަތެއް) ވަނަ މާއްދާ އާއި އިން ލިބިދޭ ބާރުގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލުން އެކުލަވާލާފައިވާ އުސޫލެކެވެ. |
ނަން |
2 |
(ށ) |
މި އުސޫލަށް ކިޔާނީ “ގދ މަޑަވެލި މަގުމަތި ކުނިކެހުމާބެހޭ އުސޫލު” އެވެ. |
ޢަމަލުކުރަން ފަށާތާރީޚް |
3 |
(ނ) |
މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލު އާއްމުކޮށް ގެޒެޓްގައި އިޢުލާނުކުރާ ދުވަހުން ފެށިގެންނެވެ. |
މަގުމަތި ކުނިކެހުން |
4 |
(ހ) |
ކޮންމެ ފަރާތަކުން ވެސް އެފަރާތަކަށް ގދ.މަޑަވެލިން ދޫކޮށްފައިވާ ބިމުގެ ވަށައިގެންވާ މަގަށްވާ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. |
|
|
(ށ) |
އެ މީހަކު ދިރިއުޅޭ ގޯއްޗަކީ އެހެން މީހަކަށް ދޫކޮށްފައިވާ ގޯއްޗަކަށްވީ ނަމަވެސް އެ ގޯތީގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބަލަހައްޓަންވާނީ އެ ގޯއްޗެއްގައި ދިރިއުޅޭ ފަރާތަކުންނެވެ. |
|
|
(ނ) |
މީހުން ދިރިނޫޅޭ ފަޅުގޯއްޗާއި ބިން ވަށައިގެންވާ މަގު ސާފު ކުރުމަށް އެންގުމާއި ނޭންގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
|
(ރ) |
އާންމު މަސްލަހަތަށްޓަކައި އެމަގެއް ނުވަތަ އެމަގަކުން ބައެއް ވަކި އުޞޫލެއްގެ މަތިން ސާފުކުރުމަށް ބޭނުންވާ ކަމަށް ކަނޑައެޅުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ހަމަޖައްސަން ޖެހިއްޖެ ހިނދެއްގައި އެގެތަކުގެ ވެރިންނާއި މިކައުންސިލާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމާނީއެވެ. |
|
|
(ބ) |
މަގުމަތީގައި އަޑިގުޑަން ފިލުވުމަށް ގާއަޅާފައި ބަހައްޓާ ފަރާތްތަކުން އެގާތަކުގެ މައްޗަށް ފަސްއެޅުމަށް ލަސްކުރާނަމަ ކައުންސިލުން އެގާތައް ނެގުމަށް ގާއެޅިފަރާތަށް އަންގަންވާނެއެވެ. އަޅާފައިވާ ގާތަށް ނުނަގާނަމަ ގާތަށް ނެގުމަށް 7 ދުވަހުގެ މުހުލަތެއްދީ ނުނަގައިފިނަ މި އުސޫލުގެ ދަށުން އެކަން ކުރި ފަރާތެއް ޖުރުމައިނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިގެން ވެއެވެ. |
ފިޔަވަޅު އެޅުން |
5 |
(ހ) |
މަގުމަތި ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތައް ފާހަގަކޮށް މަގުމަތި ސާފުކުރުމަށް ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ |
|
|
(ށ) |
މިގޮތުން މަގުމަތި ސާފު ނުކުރާކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި މަގުމަތި ސާފުކުރުމަށް ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ. |
|
|
(ނ) |
ކައުންސިލުން މަގުމަތި ސާފު ކުރުމަށް އަންގާ މުއްދަތުގައި މަގުމަތި ސާފުނުކޮށްފިނަމަ، މި އުސޫލާއި އެއްގޮތަށް އެ ފަރާތެއް ޖޫރިމައިނާކޮށް އެކަން އެފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ. |
ޖޫރިމަނާ ކުރުން |
6 |
(ހ) |
މި އުސޫލުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކަހާ ސާފުކޮށް ނުބަލަހައްޓާ ފަރާތްތަށް ޖޫރިމަނާ ކުރަންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. - ފުރަތަމަ ފަހަރު 100.00 (އެއް ސަތޭކަ ) ރުފިޔާއިން، - ދެވަނަ ފަހަރު 250.00 ( ދުއިސައްތަ ފަންސާސް ) ރުފިޔާއިން، - ތިންވަނަ ފަހަރު 400.00 ( ހަތަރު ސަތޭކަ) ރުފިޔާއިން، އަދި މީގެ އިތުރުން އިތުރުވާ ކޮންމެ ފަހަރަކު 500.00 ( ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. |
މާނަކުރުން |
15 |
|
"ކައުންސިލް" މި އުސޫލުގައި ވަކިގޮތަކަށް ވަކިތަނެއްގައި ބުނެފައިނުވާނަމަ ކައުންސިލްގެ މާނައަކީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނުގެ ދަށުން އިންތިޚާބުވެފައިވާ މަޑަވެލި ރަށު ކައުންސިލެވެ. |
ނޯޓް |
|
|
މި އުސޫލު ފާސްކުރީ 25 މެއި 2023 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 19 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ. |