ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2024/77
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 31 ޖުލައި 2024 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ މައުލޫމާތު އަޕްޑޭޓްކުރުމާގުޅޭ

          ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއިން ކުރަމުން ގެންދާ ކަމުގައި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ބިދޭސީން ބައިވެރިވެގެން ކުރާ ކޮންމެ ވިޔަފާރިއެއްވެސް ކުރަންވާނީ މިނިސްޓްރީން ހުއްދަ ނަގައިގެން ރަޖިސްޓްރީ ކޮށްގެން ކަމުގައި ދަންނަވަމެވެ. މިރަށުގައި އުޅެމުންގެންދާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށްޓަކައި "ބިދޭސީންގެ ދަފްތަރެއް"މިކައުންސިލުންވެސް ދަނީ ބަލަހައްޓަމުންނެވެ. އެއްވެސް ބޭނުމެއްގައި ބިދޭސީއެއް މިރަށުގައި 24 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރާނަމަ އެކަންލަސްނުކުރައްވައި މިކައުންސިލާއި ޙިއްސާކުރުމަކީ އެބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތުގެ އަދި އެމީހަކު ހުންނަ ގެއެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ.އަދި މިރަށުގައި އުޅޭ ބިދޭސީންގެ އަތުގައި ވާރކް ޕާމިޓް ކާޑު އަބަދުވެސް ބޭއްވުމަށް އެފަރާތްތަކަށް ހަނދުމަކޮށްދެއްވުމަށް އެދި ދަންނަވަމެވެ.

             ވީމާ، ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރިކޮށްފައިނުވާ ބިދޭސީން 31 ޖުލައި 2024 ގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކަށް އަންގަމެވެ. އަދި މިއިޢުލާނާއެކު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އިޢުލާނުގައިވާ ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރިކުރުން މަނާ ދާއިރާތައް ހިމެނިފައިވާނޭ ކަމުގައި ދަންނަވެމެވެ.

ވީމާ، މިކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

10 ޖުލައި 2024