ދިވެހިރާއްޖެ
އިޢުލާން
ހިއްކިބިމުން ޓުވަރިޒަމަށް ދޫކުރާ ބިމުގެ ޕްރޮޕޯސަލް ހުށަހަޅާތާރީޚް ބަދަލުކުރުން
މިއިދާރާގެ ނަންބަރު: (IUL)335-AS/335/2024/97 ގެ އިޢުލާނާއި ގުޅޭ ޓުވަރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް ހަދައި ހިންގުމަށް ކ. ހިންމަފުށީ ހިއްކިބިމުގެ ސަރަހައްދުން ލޭންޑްޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާ10 ބިން ( ޖުމުލަ: އެއްލައްކަހަހާސް އަށްސަތޭކަ ހަތްދިހަނުވަ އަކަފޫޓް ) އެއް ބިޑެއްގެ ގޮތުގައި 50 ( ފަންސާސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމުގެ އާރ އެފް ޕީ ޑޮކިއުމަންޓަށް އިޞާލާޙެއް ގެނެވިފައިވާތީ، ބިން ކުއްޔަށް ހިފުމަށް ބިޑުހުށަހަޅާތާރީހާއި ގަޑި އަންނަވި ގޮތަށް ބަދަލުކުރެވިފައިވެއެވެ.
ބިޑުހުށަހަޅާ ތާރީޚާއި ގަޑި: 29 ޖުލައި 2024 ހޯމަ ދުވަހުގެ މެންދުރު 13:00
މިހެންވެ, މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.