ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: PRC-MPL/IULAAN/2024/106
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 21 ޖުލައި 2024 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މެއިލް ޑެލިވެރީ މަސައްކަތުގައި ބޭނުން ކުރުމަށް ވެހިކަލްއެއް ހޯދުމާބެހޭ.

  1.    ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

            މި ކުންފުނީގެ މެއިލް ޑެލިވެރީ މަސައްކަތުގައި ބޭނުން ކުރުމަށް ވެހިކަލްއެއް ހޯދުމަށް  ބޭނުންވެ ކޮށްފައިވާ  ނަންބަރު:  PRC-MPL/IULAAN/2024/100  (12 ޖޫން 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަދި ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ ދެންނެވި އިޢުލާން ބާޠިލްކޮށް، ތިރީގައިވާ ގޮތުގެ މަތިން އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިކަމާގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު  އެއްކަރުދާސް ކުރެވިފައިއެވަނީއެވެ.

އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

 2.    ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް: 21 ޖުލައި 2024  ގަޑި:. 14:00

އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

-          ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

 

  • މިބީލަމާގުޅޭ އިތުރު މަޢުލޫމާތު މިއިޢުލާނާ އެޓޭޗް ކުރެވިފައި ވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ ނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

3009292 – ޕްރޮކިއުމަންޓް ޔުނިޓް

[email protected]

 

10 ޖުލައި 2024

10 ޖުލައި 2024