ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/191
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:16
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަދު ޕާރކިންގ ޒޯނުގައި ޕާރކްކުރުމަށް އެންގުން

އިޢުލާން

ތިނަދޫ ސިޓީގައި ތާރައަޅާފައިވާ މަގުތަކުގައި އެއްގަމު އުޅަދު ޕާކުކުރުމަށް ކަނޑައަޅާފައިވާ ޕާރކިން ޒޯންތަކުގައި ޕާރކްކުރާނެޖާގަ ހުންނަ އިރުވެސް، ބައެއް ފަރާތްތަކުން ޕާރކިން ޒޯނުން ބޭރުގައި މަގުމަތި ބޭނުން ކުރާ ފަރާތްތަކަށް އުދަނގޫވާގޮތަށް އެއްގަމު އުޅަދުތައް ޕާރކު ކުރާތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި މި އިދާރާއަށް ލިބެމުންދެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް އެއްގަމު އުޅަނދުތައް ބޭނުންކުރާ ފަރާތްތަކުން އެއްބާރުލުން ދިނުމަށާއި، ޕާރކިންގ ޒޯންތައް ކުރެހިފައިވާ މަގުތަކުގައި ޕާރކިންގ ޒޯނުގައި ޕާރކްކުރުމަށް އެންމެހާ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިޔުމަށް ދަންނަވަމެވެ. އަދި، 10 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ޕާރކް ކުރުމުގެ ޤަވާއިދާ 2021/R-150 އާއި ޚިލާފަށް އެއްގަމު އުޅަދު ޕާރކު ކުރާ ފަރާތްތަކާއި މެދު ހަވާލާދީފައިވާ ޤަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތަށް ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުން ގެންދާނެ ކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 ޖުލައި 2024