މަސައްކަތް
ނަންބަރު: GS-65-B/IUL/2024/008
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 14 ޖުލައި 2024 10:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ނަމްބަރު  GS-65-B/IUL/2024/006 ) 03 ޖޫން 2024 ) އިއުލާނާއި ގުޅިގެން މިމަސައްކަތަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ތިރީގައި ދެންނެވިފައިވާ އިމާރާތްތަކުގެ ދޮރުކަނިތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • އޮފީސް އިމާރާތު 1 ދޮރުކަނި
  • ކުލާސްރޫމް 15 (ގްރޭޑް 11) 1 ދޮރުކަނި

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި  14 ވާ އާދިއްތަ  ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން

3- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

10 ޖުލައި 2024