ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2024/022
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 21:18
ސުންގަޑި: 20 ޖުލައި 2024 14:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް 2024

2024 ވަނަ އަހަރު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ޤަޞްދު ކޮށްފައިވާ އިންޓަރ ސުކޫލް ޓޭބަލް ޓެނިސް މުބާރާތް 01 އޮގަސްޓް 2024 ން 10 އޮގަސްޓް 2024 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ :

 މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

 މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

 11 އަހަރުންދަށް، (އަންހެން / ފިރިހެން)

 11 އަހަރުންދަށް، (ސިންގަލްސް)

 13 އަހަރުންދަށް، (އަންހެން / ފިރިހެން)

 13 އަހަރުންދަށް، (ސިންގަލްސް)

 15 އަހަރުންދަށް، (އަންހެން / ފިރިހެން)

 15 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

 17 އަހަރުންދަށް، (އަންހެން / ފިރިހެން)

 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

 19 އަހަރުންދަށް، (އަންހެން / ފިރިހެން)

 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

ވީމާ މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސްކޫލް/ މަދަރުސާތަކުން ބައިވެރިވެލައްވާ އުމުރުފުރާ ބަޔާންކޮށް މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް  20 ޖުލައި 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

އަދި، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ސުކޫލް ތަކުން 25 ޖުލައި 2024 ވާ  ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް، އައިޑީކާޑު ކޮޕީ  މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

08 ޖުލައި 2024